ސްކްރީނިންގ ޓެސްޓުން އެންމެ ރަނގަޅު ނަތީޖާ ހޯދި އެމް ޖޭ އެމްގެ ކެޕްޓަން ޝީލްޑާ ޙަވާލުވަނީ
ޕްރައިމަރީ ސްކޫލްތަކުގެ ގްރޭޑް 7 ނިންމާ ދަރިވަރުންނަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ބޭއްވި ސްޓްރީމް ސެލެކްޝަން ސްކްރީނިން ޓެސްޓުން އެންމެ ރަނގަޅު ސްކޫލަކަށް މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ހޮވިއްޖެއެވެ.
ސްޓްރީމް ސެލްކްޝަން ޓެސްޓުން އެމްޖޭއެމް އެއްވަނައަށް ދިޔައީ އެ އިމްތިހާނުގައި ބައިވެރިވި ޕްރައިމަރީ ތިން ސްކޫލުގެ ތެރެއިން ހުރިހާ މާއްދާއެއްގެ އެވްރެޖު އެންމެ މަތިން ހޯދައިގެންނެވެ. މިކަން އިޢުލާން ކޮށްފައިވަނީ ސްކްރީނިން ޓެސްޓުގެ ނަތީޖާ އިޢުލާން ކުރުމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިޓެސްޓުގައި ބައިވެރިވި އަނެއް ދެ ސްކޫލަކީ ހާފިޒު އަޙުމަދު ސްކޫލާއި ފުވައްމުލަކު ސްކޫލެވެ.
ބުރާސްފަތި ދުވަހުގެ ރޭ ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ސްކްރީނިން ޓެސްޓުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އައްޑަނަ ދީފައިވެއެވެ. ގަދަ ދިހައެއްގެ 3 ވަނާގައި ހިމެނިގެން ސްކްރީނިން ޓެސްޓުގެ ނަތީޖާ އެންމެ ރަނގަޅު ދެ ދަރިވަރުންގެ ގޮތުގައި ހޮވުނީ ޙާފިޒު އަޙުމަދު ސްކޫލުގެ ޒުލޭޚާ އަޙުމަދާއި އަޙުމަދު މުޙައްމަދެވެ. މިއިމްތިހާނުގެ ގަދަ ދިހައެއްގައި 25 ދަރިވަރަކު ހިމެނުނެވެ. ގަދަ ދިހައެއްގެ އެއްވަނައާއި ދެވަނަ އަދި 7 ވަނާގައި އެއްވެސް ދަރިވަރަކު ހިމެނިފައެއް ނުވެއެވެ.
"ގަދަ ދިހައަކަށް ދަރިވަރުން ހޮވާފައިވަނީ، ޖީސީ އޯލެވެލާއި އެސް އެސް ސީ އިމްތިހާނުގެ ގަދަ ދިހައެއް ހޮވުމުގައި ވެސް ޢަމަލުކުރާ ގޮތަށް ދަރިވަރުން ހޯދާ ގްރޭޑްތަކަށް ޕޮއިންޓު ދީގެން" ކަމަށް ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދެއްވިއެވެ.
ސްކްރީނިން ޓެސްޓުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަކީ:-
ޒުލައިޚާ އަޙުމަދު – ހާފިޒު އަޙުމަދު ސްކޫލް (3 ވަނަ)
އަޙުމަދު މުޙައްމަދު – ޙާފިޒު އަޙުމަދު ސްކޫލް (3 ވަނަ)
އިބްރާހިމް ޠާއިފް އަޙުމަދު – ހާފިޒު އަޙުމަދު ސްކޫލް (4 ވަނަ)
އާމިނަތު އަޙުމަދު – ފުވައްމުލަކު ސްކޫލް (4 ވަނަ)
އިޔާދު އިބްރާހިމް މުޙައްމަދު – ހާފިޒު އަޙުމަދު ސްކޫލް (5 ވަނަ)
މުޙައްމަދު ސާރިމް – މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (5 ވަނަ)
އާމިނަތު ޝިބާ ޝަފީޤު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (5 ވަނަ)
އަނަސް އިބްރާހީމް – ފުވައްމުލަކު ސްކޫލް (6 ވަނަ)
އަމްރު މުޙައްމަދު ދީދީ – ހާފިޒު އަޙުމަދު ސްކޫލް (8 ވަނަ)
ޙަސަން ޣާފިރު – ހާފިޒު އަޙުމަދު ސްކޫލް (8 ވަނަ)
މަރިޔަމް އަޝްފާ އަބްދުﷲ - ހާފިޒު އަޙުމަދު ސްކޫލް (8 ވަނަ)
ދީނާ އަޙުމަދު – ހާފިޒު އަޙުމަދު ސްކޫލް (8 ވަނަ)
މަލާހާ އަލީ – ހާފިޒު އަޙުމަދު ސްކޫލް (8 ވަނަ)
އަޒްހާރު އަޙުމަދު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (8 ވަނަ)
އަޙުމަދު ޖައުފަރު - ފުވައްމުލަކު ސްކޫލް (8 ވަނަ)
ފާޠިމަތު ޖޫޒަން ޒަރީރު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (9 ވަނަ)
މަރިޔަމް ވަހީދު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (9 ވަނަ)
އަޙުމަދު މާޝިޤު މުހައްމަދު – ހާފިޒު އަޙުމަދު ސްކޫލް (9 ވަނަ)
ފާޠިމަތު ޝީއަތު ޝިހާބު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (9 ވަނަ)
ޝިއުސް ސަޢީދު – ހާފިޒު އަޙުމަދު ސްކޫލް (9 ވަނަ)
ޢާއިޝަތު ރީމާ އިބްރާހީމް – ހާފިޒު އަޙުމަދު ސްކޫލް (10 ވަނަ)
ރަޝާ ޢަބްދުލް ޙާކީމް - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (10 ވަނަ)
ޙަސަން ޝުޖާޢު - ފުވައްމުލަކު ސްކޫލް (10 ވަނަ)
ޢަބްދުﷲ ނަޝާދު މުޙައްމަދު - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (10 ވަނަ)
ފާޠިމަތު ޒުހާ - މަދުރަސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީން (10 ވަނަ)
ބުރާސްފަތި ދުވަހުގެ ރޭ ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ސްކްރީނިން ޓެސްޓުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި އެއްވަނައަށް ދިޔަ ސްކޫލަށް އައްޑަނަ ޙަވާލުކޮށްދެއްވީ ތަޢުލީމީ މަރުކަޒުގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަބްދުﷲ ރަޝީދު އަޙުމަދެވެ. ސްޓްރީމް ސެލެކްޝަން ސްކްރީނިން ޓެސްޓު އެމަރުކަޒުން ބޭއްވި މިއީ ހަތަރުވަނަ ފަހަރެވެ.